
ތަޢާރަފް
ފައިސަލް ނަސީމް އުފަންވެވަޑައިގަތީ 20 ޖުލައި 1973ގައެވެ. ތުއްޕުޅުއިރު ކިޔަވާވިދާޅުވީ ފުވައްމުލަކުންނެވެ. ކިޔަވާވިދާޅުވުމަށް 1985ގައި މާލެއަށް ވަޑައިގެން، އީ.ޕީ.އެސް ސްކޫލުގައި ސާނަވީ ނިންމަވައި، 1992ގައި އޯލެވަލް ހެއްދެވިއެވެ. ތިން ބޭފުޅުންގެ ބައްޕަގެ މަޤާމުގައި ހުންނެވި ފައިސަލް ނަސީމް، ޒަވާޖީ ޙަޔާތްޕުޅެއް ފުރަތަމަ ފެށްޓެވީ، 2003 ވަނަ އަހަރުގައެވެ.
ފައިސަލް ނަސީމަކީ، ދިވެހި ތާރީޚްދުށް، އެންމެ ގިނަދުވަހު، ރައީސުލްޖުމްހޫރިއްޔާ ގެ ނައިބުކަން ކުރެއްވި ނައިބު ރައީސެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ ރިޔާސީ ދައުރުގައި، ރައީސް ސާލިޙުގެ ނައިބު ރައީސަކީ ފައިސަލެވެ. ރައީސުލްޖުމްހޫރިއްޔާ އޮޕަރޭޝަނަކަށް އެޑްމިޓްވެވަޑައިގަންނަވަން ޖެހިވަޑައިގަތް ކުއްލި ޙާލަތެއްގައި، ގާނޫނުއަސާސީގެ 117ވަނަ މާއްދާގެ (ށ)ގެ ދަށުން، ވަގުތީ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް، ޤާނޫނީ ހުވާ ކުރައްވައިގެން، ރައީސުލް ޖުމްހޫރިއްޔާ ވަގުތީގޮތުން އުޒުރުވެރިވި ވަގުތު ނިމި، މަސްއޫލިއްޔަތު އުފުއްލަވަން ފަށްޓަވަންދެން، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތައް، ނައިބު ރައީސްގެ ޙައިސިއްޔަތުން ފައިސަލް އުފުއްލެވިއެވެ.
ފައިސަލް ނަސީމަކީ، މަޝްހޫރު ކްރިކެޓް ކުޅުންތެރިއެކެވެ. ވާހަކަ ދެއްކުންތެރިއެކެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތުގެ އެވޯޑު ލިބިވަޑައިގެން ހުންނެވި، އެ ދާއިރާގެ ތަޖުރިބާކާރެކެވެ. އިޖުތިމާޢީ ޚިދުމަތްތެރިއެކެވެ. ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ނުހަނު އަޅާލައި، އޯގާތެރި ޚިދުމަތްތެރިއެކެވެ.
އެމަނިކުފާނަކީ، ހިތްހެޔޮ، އޯގާތެރި ކުލުނުވެރިއެކެވެ. ރައްޔިތުންގެ އިޙުސާސްތައް ދެނެވަޑައިގަންނަވައި، ރައްޔިތުންގެ ކަންކަން އަބަދު ވެސް، އިސްކުރަށްވަމުން ވަޑައިގަންނަވާ ރައްޔިތުންގެ ބޭފުޅެކެވެ.
އެމަނިކުފާނަކީ، ސިޔާސީ ޙިކުމަތްތެރިއެކެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އެމަނިކުފާނު ކުރެއްވިއެވެ.
ޚާއްސަ ގޮތެއްގައި، އެމްޑީޕީއަށް އެމަނިކުފާނުގެ ޚިދުމަތް އެންމެ ބޭނުންވި ވަގުތު، ޕާޓީން ވާދަކުރަމުން ގެންދިޔަ އިންތިޚާބުތައް، ޕާޓީއަށް ކާމިޔާބު ކޮށްދެއްވަން ރާއްޖޭގައި ދަތުރުކުރެއްވި، އެމްޑީޕީގައި ވެސް، ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރެއްވި އަދި މިހާރުވެސް ކުރަށްވަމުން ގެންދަވާ ބޭފުޅެކެވެ.
މިއަދު އެމަނިކުފާނަކީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިޢުލާން ކުރަށްވާފައިވާ ކެންޑިޑޭޓެކެވެ.
ތަޢުލީމާއި ކުޅިވަރުގެ ޙަޔާތް
އީޕީއެސްގައި ކިޔަވާވިދާޅުވަމުން ގެންދެވިއިރު، އެމަނިކުފާނަކީ، ކްރިކެޓުގެ ރޮނގުން ވިދާލި ދަރިވަރަކެވެ. މިގޮތުން. 1991 ގައި، އިންޓަރ ސްކޫލް 18 އަހަރުން ދަށުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަޤާމު ހޯއްދެވިއެވެ.
ޓޫރިޒަމްގެ ދާއިރާއިން އެމަނިކުފަނު ފުރަތަމަ ޑިގްރީ ޙާސިލްކުރެއްވީ، 2007 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު، 2017ވަނަ އަހަރު ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ޙާސިލް ކުރެއްވިއެވެ.
އިޖްތިމާޢީ ޚިދުމަތް
ފައިސަލް ނަސީމަކީ، ވަރަށް ޒުވާން އުމުރުފުޅުގައި އިޖުތިމާޢީ ޚިދުމަތުގެ ދަނޑަށް ނިކުންނެވި ބޭފުޅެކެވެ. އިޖުތިމާޢީ ޚިދުމަތް ފެށްޓެވީ 1986 ގައި ފުޓުބޯޅަ މުބާރާތެއް އިންތިޒާމް ކުރެއްވުމުގެ މަސައްކަތުންނެވެ.
1997 ވަނަ އަހަރު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ މަސައްކަތްޕުޅު ރަސްމީ ސިފައެއްގައި ފެށްޓެވިއެވެ. 1998ވަނަ އަހަރު ވެގެން ދިޔައީ، އެމަނިކުފާނުގެ އަތޮޅު ފުވައްމުލަކުގެ ރައްޔިތުންނަށް ވޯލްޑްކަޕް ބެލޭނެ އިންތިޒާމްތައް ހަޖައްސަވައިދީ، ފުވައްމުލަކު ރައްޔިތުންގެ މުނިފޫހިފިލުމުގެ ޚާއްސަ ޙަރަކާތެއް ފެށްޓެވި އަހަރަށެވެ.
މި ކަމަކީ ރައްޔިތުން ޝުކުރުވެރިކަމާއެކު، ބަލައިގަތް ޚިދުމަތަކަށް ވެގެން ދިޔައެވެ. ހަމަ އެހެންމެ 2006ގެ ވޯލްޑްކަޕް ވެސް، ފުވައްމުލަކުގެ ރައްޔިތުންނަށް ބޮޑު އިސްކިރީނުގައި ބެލޭނެ އިންތިޒާމް، ފައިސަލް ހަމަޖައްސައި ދެއްވިއެވެ.
ފައިސަލްގެ އިޖުތިމާޢީ ޚިދުމަތްތަކުގެ ތެރޭގައި 2004 ވަނަ އަހަރު، ފުވައްމުލަކުގައި ތުއްތު ކުދިންނަށް ޤުރްއާން ކިޔަވައިދޭ މަރުކަޒެއް ޤާއިމް ކުރެއްވުން ހިމެނެއެވެ.
ފައިސަލް ފައުންޑޭޝަން 2009ގައި ރަޖިސްޓްރީ ކުރެއްވުން ވެގެން ދިޔައީ، އެމަނިކުފާނުގެ އިޖްތިމާޢީ ޚިދުމަތުގެ ދާއިރާއަށް ލިބިގެންދިޔަ އިތުރު ކުރިއެރުމަކަށެވެ. 2012 ވަނަ އަހަރު، ފުވައްމުލަކުގައި ފެށްޓެވި "ވިޒިޓް ފުވައްމުލައް" ޙަރަކާތަކީ، މިދެންނެވި އިޖުތިމާޢީ ޚިދުމަތަށް ގެތުނު އާ ބޮޅަކަށް ވިއެވެ. ހަމައެހެންމެ 2013 ވަނަ އަހަރު ޙާފިޒް ޢަހްމަދު ސްކޫލުގައި ސްޕެޝަލް ނީޑް ޔުނިޓެއް އުފެއްދެވިއެވެ.
2014 ވަނަ އަހަރުން ފެށިގެން، 2018 ވަނަ އަހަރާ ދެމެދުގެ ދުވަސްތަކަކީ، ކާށިދޫ ދާއިރާގައި އިޖުތިމާޢީ ގިނަ ޙަރަކާތްތަކެއް އެމަނިކުފާނު ހިންގެވި އަހަރުތަކެކެވެ.
ލިބިވަޑައިގެންފައިވާ އެވޯޑްތައް
ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، ޒުވާނުންނާއި، އިޖްތިމާޢީ ދާއިރާގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒު ކުރަށްވައިގެން، ފައިސަލް ކުރަށްވަމުން ގެންދެވި ޚިދުމަތްތައްވަނީ، ޤައުމީ ފެންވަރުގައި ބަލައިގެންފައެވެ.
މިގޮތުން، 1999 ވަނަ އަހަރު އެމަނިކުފާނަށްވަނީ ޒުވާނުންގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2011 ވަނަ އަހަރު، ޓޫރިޒަމްގެ ދާއިރާއިން ސްޕެޝަލް ރިކޮގްނިޝަން އެވޯޑާއި ، 2022 ވަނަ އަހަރު ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވޯޑު ވެސް، ފައިސަލަށް ލިބިވަޑައި ގަތެވެ. އެމަނިކުފާނަކީ 2014 ވަނަ އަހަރު "ޑިސެބިލިޓީ އެމްބެސަޑަރ" ކަން، ވެސް، ލިބިވަޑައިގަތް ބޭފުޅެކެވެ.
ޓޫރިޒަމް ދާއިރާގެ ޚިދުމަތް
ފައިސަލް ނަސީމް، އެންމެ ފުރަތަމަ ޓޫރިޒަމް ދާއިރާގެ ޚިދުމަތަށް ވެންނެވީ 1992 ގައެވެ. ފުރަތަމަ ވަޒީފާ އަދާކުރައްވަން ފެށްޓެވީ ޕެރަޑައިޒް އައިލެންޑް ރިސޯޓުގައެވެ. އެ ރިސޯޓުގެ މެނޭޖަރުކަމުގެ މަގާމަށް ވަޑައިގަތީ 1994ގައެވެ.
ސިޔާސީ ދާއިރާއަށް ވެންނެވުން
ފައިސަލް ނަސީމަކީ، މިއަދު ޢަމަލް ކުރެވެމުންމިދާ ޤާނޫނު އަސާސީ އެކުލަވާލި މަޖިލީހުގެ ޚިދުމަތްތެރި މެންބަރެކެވެ. އަބަދުވެސް އިސްލާޙަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. 2004 ވަނަ އަހަރު ފުވައްމުލަކުން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރު ކަމަށް ވާދަކުރަށްވައި، އެމަނިކުފާނު އިންތިޚާބުވެވަޑައިގަތެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި އެމަނިކުފާނު ކާމިޔާބު ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވަން ފެށްޓެވީ 2014 ވަނަ އަހަރުގައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ސާލިޙުގެ ރަނިންމޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ނިކުންނެވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައެވެ. މި އިންތިޚާބު، ރައީސް އިބްރާހީމް މުޙައްމަދު ސާލިޙާއެކު، މި ދެބޭފުޅުންވަނީ ކާމިޔާބު ކުރައްވައިފައެވެ.
ނައިބް ރައީސްކަން ކުރެއްވުން
ފައިސަލް ނަސީމަކީ، 2018 ވަނަ އަހަރުން ފެށިގެން، 2023 ވަނަ އަހަރާއި ހަމައަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ ނައިބު ރައީސްކަން ކުރެއްވި ރައީސް ސާލިޙުގެ ނައިބު ރައީސެވެ.
ރައީސް ސާލިހާއެކު، ރިޔާސީ ދައުރެއް، އިޚްލާސްތެރި ފައިސަލް ނިންމެވިއެވެ. އެމަނިކުފާނުގެ މި ޚިދުމަތަކީ ރައްޔިތުން ބަލައިގަތް ވަރަށް މަތިވެރި ގައުމީ ޚިދުމަތެކެވެ.
ޚިދުމަތުގެ ތާރީޚު
- 1973
އުފަންވެވަޑައިގަތުން
20 ޖުލައި 1973 ގައި އުފަންވެވަޑައިގަތުން.
- 1985
މާލެއަށް ވަޑައިގަތުން
ތަޢުލީމު ހާސިލުކުރެއްވުމަށް ފުވައްމުލަކުން މާލެއަށް ވަޑައިގަތުން.
- 1986
އިޖުތިމާޢީ ޚިދުމަތް ފެއްޓެވުން
ފުޓުބޯޅަ މުބާރާތެއް އިންތިޒާމުކުރައްވައިގެން އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއަށް ނިކުމެވަޑައިގަތުން.
- 1991
ކްރިކެޓް އެވޯޑު
އިންޓަރ ސްކޫލް 18 އަހަރުން ދަށުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަޤާމު ހޯއްދެވުން.
- 1992
އޯލެވަލް ނިންމެވުމާއި ޓޫރިޒަމް ދާއިރާއަށް ވެންނެވުން
އީ.ޕީ.އެސް ސްކޫލުން އޯލެވަލް ހެއްދެވުމަށްފަހު، ޕެރަޑައިޒް އައިލެންޑް ރިސޯޓުން ޓޫރިޒަމް ދާއިރާގެ ޚިދުމަތް ފެއްޓެވުން.
- 1994
ރިސޯޓު މެނޭޖަރުކަން
ޕެރަޑައިޒް އައިލެންޑް ރިސޯޓުގެ މެނޭޖަރުކަމުގެ މަޤާމަށް ވަޑައިގަތުން.
- 1997
ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވުން
ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ މަސައްކަތްޕުޅު ރަސްމީ ސިފައެއްގައި ފެއްޓެވުން.
- 1998
ރައްޔިތުންނަށް ވޯލްޑްކަޕް ދެއްކުން
ފުވައްމުލަކު ރައްޔިތުންނަށް ވޯލްޑްކަޕް ބެލޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވުން.
- 1999
ޒުވާނުންގެ އިނާމު
ޤައުމީ ފެންވަރުގައި ޒުވާނުންގެ އިނާމު ލިބިވަޑައިގަތުން.
- 2003
ޒަވާޖީ ޙަޔާތް ފެއްޓެވުން
ފުރަތަމަ ފަހަރަށް ޒަވާޖީ ޙަޔާތެއް ފެއްޓެވުން.
- 2004
ޤާނޫނީ މަޖިލީހަށް އިންތިޚާބުވެވަޑައިގަތުން
ފުވައްމުލަކުން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުވެވަޑައިގަތުން، އަދި ތުއްތު ކުދިންނަށް ޤުރްއާން ކިޔަވައިދޭ މަރުކަޒެއް ޤާއިމުކުރެއްވުން.
- 2006
ބޮޑު އިސްކިރީނުގައި ވޯލްޑްކަޕް ދެއްކުން
ފުވައްމުލަކުގެ ރައްޔިތުންނަށް ބޮޑު އިސްކިރީނުގައި ވޯލްޑްކަޕް ބެލޭނެ އިންތިޒާމު ހަމަޖައްސައިދެއްވުން.
- 2007
ފުރަތަމަ ޑިގްރީ ހާސިލުކުރެއްވުން
ޓޫރިޒަމް ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވުން.
- 2009
'ފައިސަލް ފައުންޑޭޝަން' އުފެއްދެވުން
އިޖުތިމާޢީ ޚިދުމަތްތައް ފުޅާކުރެއްވުމަށްޓަކައި ފައިސަލް ފައުންޑޭޝަން ރަޖިސްޓްރީކުރެއްވުން.
- 2011
ޓޫރިޒަމް ޚާއްސަ އެވޯޑު
ޓޫރިޒަމް ދާއިރާއިން ސްޕެޝަލް ރިކޮގްނިޝަން އެވޯޑު ލިބިވަޑައިގަތުން.
- 2012
"ވިޒިޓް ފުވައްމުލައް" ޙަރަކާތް
ފުވައްމުލަކުގައި ޓޫރިޒަމާއި އިޖުތިމާޢީ ޚިދުމަތް ގުޅުވައިގެން މި ޙަރަކާތް ފެއްޓެވުން.
- 2013
ސްޕެޝަލް ނީޑް ޔުނިޓެއް އުފެއްދެވުން
ޙާފިޒް ޢަހްމަދު ސްކޫލުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ޔުނިޓެއް ޤާއިމުކުރެއްވުން.
- 2014
މަޖިލިސް މެންބަރުކަމާއި އެމްބެސަޑަރ ކަން
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވުން، އަދި "ޑިސެބިލިޓީ އެމްބެސަޑަރ" ކަމުގެ މަޤާމު ލިބިވަޑައިގަތުން.
- 2017
މާސްޓާސް ޑިގްރީ ހާސިލުކުރެއްވުން
ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރެއްވުން.
- 2018
ނައިބު ރައީސްކަމާ ޙަވާލުވެވަޑައިގަތުން
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރަނިންގމޭޓެއްގެ ގޮތުގައި އިންތިޚާބު ކާމިޔާބުކުރައްވައި، ރާއްޖޭގެ ނައިބު ރައީސްކަމުގެ ހުވާކުރެއްވުން.
- 2022
ޓޫރިޒަމް 50 އަހަރުގެ އެވޯޑު
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚާއްސަ އެވޯޑު ލިބިވަޑައިގަތުން.
- 2023
ނައިބު ރައީސްކަމުގެ ދައުރު ނިމުން
ރައީސް ޞާލިޙުގެ ސަރުކާރުގެ ނައިބު ރައީސްކަމުގެ 5 އަހަރު ދުވަހުގެ ދައުރު ކާމިޔާބުކަމާއެކު ނިންމަވައިލެއްވުން.
- 2028
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ
ރަންރީނދޫ ފަތިހަކަށް — އާދަމް އާޒިމްއާއެކު.
ކޮމެންޓް
އަޙްމަދު ސައީދުފުވައްމުލައް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވައިފި ދިވެހިރާއްޖޭގެ ނާއިބު ރައީސް ކަމުގެ މަގާމުގެ 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވައިފި އެކަމަކުވެސް ދަޢުލަތް ފައިސާގެ ނާޖާއިޒު މުއްސަނދިކަމެއް ނުހޯއްދަވާ ރައްޔިތުންނާ ގާތުގައި ހުންނަވަނީ އިންތިޚާބެއް ކުރިމަތިވުމަކުންނެއް ނޫން. ނަޒާޙަތްތެރިވާނެ ކަމުގެ ޔަޤީންކަން އަމަލާ ބަހުން ސާބިތުކޮށް ދެއްވައިފި އެހެންކަމުން ފައިސަލް ނަސީމްއަކީ ދެން އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓް ދިނުމަށް އެންމެ އައުލާކަން ބޮޑު ބޭފުޅާ