9 އޮކްޓޫބަރު 2026 · 19:32 · 1 މިނެޓު ކިޔުން

ކާބޯތަކެތީގެ އަގުތައް މައްޗަށްދާ ދިއުމަށް ހައްލެއް ހޯދައިދޭނަން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓް ފައިސަލް ނަސީމް އަދި ރަނިންމޭޓް އާދަމް އާޒިމް މިއަދު މާލޭ ލޯކަލް މާރުކޭޓަށް ޒިޔާރަތްކުރައްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓް ފައިސަލް ނަސީމް އަދި ރަނިންމޭޓް އާދަމް އާޒިމް މިއަދު މާލޭ ލޯކަލް މާރުކޭޓަށް ޒިޔާރަތްކުރައްވައިފިއެވެ.

އެ ދެބޭފުަލުންގެ މި ޒިޔާރަތުގައި މާރުކޭޓްގެ ގޮޅިތަކުގެ ވެރިންނާއި ވަނީ ބައްދަލުކޮށްލައްވާ މަޝްވަރާ ކުރައްވާފައެވެ. އަދި މީގެ އިތުރުން ތަކެތި ގަންނަން އަންނަ ފަރާތްތަކާއިވެސް ބައްދަލުކޮށްލައްވާ އެފަރާތްތަކުގެ ކަންބޮޑުވުންތައްވެސް ވަނީ އަޑު އައްސަވާފައެވެ.

މި ބައްދަލުވުމަށްފަހު ދަތުރުވެރިންގެ މާރުކޭޓު ކުރިމަތީގައި ހުންނަވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ތަކެތީގެ އަގުބޮޑު ވުމަކީ މިއަދު ދިވެހި ރައްޔިރުންނަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް ތަކުލީފުކަމަށެވެ. އަދި މި ދިގު 3 އަހަރު މިދަނީ އެކަމަށް ސަރުކާރުން އެއްވެސް ހައްލެއް ހޯދައި ނުދީކަމަށެވެ.

ފައިސަލް ވިދާޅުވީ ދިވެހިރައްޔިތުންގެ އެއްބާރުލުމާއިއެކު އެމްޑީޕިގެ ސަރުކާރެއްް ޤާއިމް ކުރެވިއްޖެނަމަ ތަކެތީގެ އަގުބޮޑުވާ ބޮޑުވުން ހުއްޓުވާ އަވަސް ހައްލެއް ހޯއްދަވައި ދެއްވާނެކަމަށެވެ.

އިތުރު ޚަބަރު

ހުރިހާ ޚަބަރެއް ←