24 އޮކްޓޫބަރު 2026 · 11:52 · 1 މިނެޓު ކިޔުން

ފުވައްމުލަކު ސިޓީ މޭޔރ އާއި އެކު އެ ސިޓީގެ ގިނަ ކައުންސިލަރުންތަކެއް ފައިސަލް އެންޑޯސް ކުރައްވައިފި.

ފުވައްމުލަކު ސިޓީ މޭޔރ އިސްމާޢީލް ރަފީޤް އާއި އެކު ގިނަ ކައުންސިލަރުންތަކެއް ފައިސަލް އެންޑޯސް ކުރައްވައިފިއެވެ.

އެބޭފުޅުން ފައިސަލް އެންޑޯސް ކުރެއްވީ ރޭ ހުޅުމާލޭ ވަންސެންޓްރަލް  (ގްރޭންޑް ޕާރކްސައިޑް) ގައި ބޭއްވި އެ ސިޓީގެ ކެމްޕެއިން ކޯޑިނޭޓަރުންގެ ބައްދަލުވުމުގައެވެ.

އެގޮތުން ފައިސަލް އެންޑޯސް ކުރެއްވުމަށް ފަހު އެ ސިޓީގެ މޭޔަރ އިސްމާއިލް ރަފީޤް ވިދާޅުވީ، ފައިސަލް އަކީ މިހާތަނަށްވެސް ރައްޔިތުންނަށް އިޚްލާސްތެރި، ހެއު ނިޔަތުގައި މަސައްކަތްކުރައްވާ ލީޑަރޝިޕް ދެއްކެވި ބޭފުޅެއްކަން ރާއްޖޭގެ ހުރިހާ ރައްޔިތުން ހެކިވާނެކަމަށެވެ. މީގެ އިތުރުން ފައިސަލް ކުރެއްވި އިޖުތިމާއީ މަސައްކަތާއި، ތައުލީމީ ދާއިރާއަށް ކުރެއްވި މަސައްކަތާއި އެކު އޭރު އެ ދާއިރާތަކަށް ނުހަނު ހެއު ބަދަލުތައް ގެނެސްދެއްވާފައި ވާކަމަށެވެ.

"އަޅުގަނޑުގެ ފުރިހަމަ ތާއީދު އޮތީ ފައިސަލް ނަސީމަށް. ފުވައްމުލަކު ރައްޔިތުންނަށް ފައިސަލްއަކީ ކާކުކަން އޮޅުންފިލުވައިދޭކަށް ނުޖެހޭނެ. އެއީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެހައި ސިފަތަކެއް އެންމެ ފުރިހަމައަށް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް." - މޭޔަރު އިސްމާއީލް ރަފީގު

ރޭގެ މި ބައްދަލުވުމުގައި ސިޓީ މޭޔރ އާއި އެކު އިތުރު 7 ކައުންސިލަރުން ވަނީ ފައިސަލް އެންޑޯސްކުރައްވާފައެވެ.

އިތުރު ޚަބަރު

ހުރިހާ ޚަބަރެއް ←