28 އޮކްޓޫބަރު 2026 · 23:05 · 1 މިނެޓު ކިޔުން

ބޭރުން އާސަންދަ ޚިދުމަތް ހޯދުމުގައި ދިވެހިންނަށް ދަތިވިޔަ ނުދިނުމަށް ނިޒާމު ހަރުދަނާ ކުރާނަން: ފައިސަލް

މިހާރުއޮތް ދޯދިޔާ ނިޒާމުގެ ސަބަބުން ރައްޔިތުންނަށް އާސަންދަ ލިބުމުގައި ވަރަށްބޮޑު ތަކުލީފު ވަނީ އުފުލަންޖެހިފައި

"ލޭކްޝޯރ" ހޮސްޕިޓަލްގެ މެނޭޖިން ޑައިރެކްޓަރ އެސް.އާރ އަބުދުއްﷲއާއިއެކު

އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ގިނަ އަދަދެއްގެ ދިވެހިން ގޮސް ތިބޭ ގައުމުތަކުން ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ހަރުދަނާ ނިޒާމެއް ގާއިމުކޮށްދެއްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ، ދިވެހިންނަށް އާސަންދައިގެ ދަށުން ލުއި ގޮތްތަކެއް ހޯދައި ދިނުމަށްޓަކައި ކޮޗިންގައި ހުންނަ ބައެއް ހޮސްޕިޓަލް ތަކުގެ އިސްވެރިންނާއި އެކު ކުރެވުނު މަޝްވަރާތަކަށްފަހުގައެވެ. އެގޮތުން ކޮޗިންގެ "ލޭކްޝޯރ" ހޮސްޕިޓަލްގެ މެނޭޖިން ޑައިރެކްޓަރ އެސް.އާރ އަބުދުއްﷲ އާއި އެކު ބޭއްވެވެވި ބައްދަލުކުރެއްވުމުގައި ފައިސަލް ވިދާޅުވީ ބޭސްފަރުވާއަށް އިންޑިއާއަށް އަންނަ ދިވެހިންގެ ގާތްގަނޑަކަށް ގިނަ އިންސައްތަ މީހުން އަންނަނީ އާސަންދައިން ނުވަތަ ސަރުކާރުން ދޭ ކޮންމެވެސް ވަރެއްގެ އެހީތެރިކަމަކާއި އެކުކަމަށެވެ. އެހެންނަމަވެސް މިހާރުއޮތް ދޯދިޔާ ނިޒާމުގެ ސަބަބުން ރައްޔިތުންނަށް އާސަންދަ ލިބުމުގައި ވަރަށްބޮޑު ތަކުލީފު އުފުލަންޖެހިފައިވާކަން އެނގިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން :ލޭކްޝޯރ" ހޮސްޕިޓަލުންވެސް، ދިވެހިންނަށް ދަތި ނުވާނެގޮތަކަށް ކަންކަން ކުރިއަށް ގެންގޮސްދެއްވުމަށް އެއްބާރުލުން ދެއްވުން އެދިވަޑައިގަންނަވާކަމުގައި ފައިސަލް ވިދާޅުވިއެވެ.

އިންޑިއާގައި މިވަގުތު ހުންނެވި ކެނޑިޑޭޓް ފައިސަލް ވަނީ އެގައުމުގެ ބައެއް ސިޓީތަކުގައި މިވަގުތު ތިބި

ދިވެހިންނާއި ބައްދަލުކުރައްވާފައެވެ. އޮގޮތުން ދިވެހިންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ފައިސަލް ވިދާޅުވީ ސިއްހީ ދާއިރާގައި މިވަގުތު ހުރިމައްސަލަތައް ދެނެގަނެވިފައިވާކަމަށެވެ.

"އަޅުގަނޑުމެން އޭރު ސަރުކާރުގައި ނިޒާމު ހަރުދަނާ ކުރުމަށް ފެށި ބައިވަރު މަސައްކަތްތައް އެބަހުރި. ތިބޭފުޅުންނަށް ދޭނެ ޔަގީންކަމަކީ، ސިއްހީ ދާއިރާއާއިއެކު،ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ކުދިންވެސް ވަރަަށް ދަތި އުނދަގޫ އުފުލަމުން އެބަދޭ. އަޅުގަނޑު މިކަންކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭނަން" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމާއި އާސަންދައިގެ ކަންކަން ދަނީ ރަނގަޅަށްތޯ ކަށަވަރު ކުރުމުގެ ކަންކަން ބަލަހައްޓަވާނީ ސިދާ ސަރުކާރުގެ އެންމެމަތިންކަމުގެ ޔަގީންކަން ރައްޔިރުންނަށް ދެއްވާކަމަށެވެ.

އިތުރު ޚަބަރު

ހުރިހާ ޚަބަރެއް ←