ޚަބަރު

1 ނޮވެންބަރު 2026

އެމްޑީޕީގެ ވެރިކަމެއްގައި މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ފުރިހަމަ ހައްލެއް ހޯދައިދޭނެކަމަށް އާދަމް އާޒިމް ވިދާޅުވެއްޖެ

އެމްޑީޕީއަށް އަލުން ވެރިކަން ލިބިއްޖެނަމަ، މަސްވެރިކަމުގެ ދާއިރާގައި ހުރި ދަތިތައް މުޅިން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން މާލެ ސިޓީގެ މޭޔަރު އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިލައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ރަނިންމޭޓް އާދަމް އާޒިމް ދެއްވައިފިއެވެ.

30 އޮކްޓޫބަރު 2026

ރަސްމާލޭގައި ހިންގާ މަޝްރޫއުގެ ތަފްސީލު ހާމަކުރަން ފައިސަލް ގޮވާލައްވައިފި

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއުގެ ހުރިހާ ތަފްސީލުތަކެއް ފުރިހަމައަށް ހާމަކޮށް، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕްރައިމަރީގައި ވާދަކުރައްވާ ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.

30 އޮކްޓޫބަރު 2026

ރަސްމާލޭގައި ހިންގާ މަޝްރޫއުގެ ތަފްސީލު ހާމަކުރަން ފައިސަލް ގޮވާލައްވައިފި

"އީގަލް ހިލްސް" ކުންފުނީގެ ފަރާތުން ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫޢަކީ އެކަމުގެ ފުރިހަމަ މަޢުލޫމާތު ދިވެހި ރައްޔިތުންނަށް ޙިއްސާ ކުރެވެންޖެހޭނޭ މަޝްރޫޢެއް ކަމަށް ވިދާޅުވެ ފައިސަލް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

30 އޮކްޓޫބަރު 2026

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ގޮވާލައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ފައިސަލް އާއި އާޒިމް އެކުގައި ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

29 އޮކްޓޫބަރު 2026

ރަސްމާލެ މަޝްރޫއުން އިޢާދަނުކުރެވޭނެ ވަރުގެ ބޮޑު މާލީ ގެއްލުމެއް ލިބިދާނެ

ރަސްމާލޭގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫޢު މިހާރު ރޭވިފައިވާ ގޮތަށް ކުރިއަށް ގެންގޮސްފިނަމަ، ދިވެހިރާއްޖެއަށް އިޢާދަނުކުރެވޭނެ ވަރުގެ ބޮޑު މާލީ އަދި އިޖުތިމާޢީ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

29 އޮކްޓޫބަރު 2026

ރަސްމާލޭ މަޝްރޫއުން އިޢާދަނުކުރެވޭނެ ބޮޑު މާލީ، އިޖްތިމާއީ ގެއްލުމެއް ކުރިމަތިވެދާނެ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމުގެ ކެމްޕޭންގެ ތެރޭގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އާއި އެ މަނިކުފާނުގެ ރަނިންމޭޓް، މާލޭގެ މޭޔަރު އާދަމް އާޒިމް ސަލާމް ކުރައްވަނީ.

29 އޮކްޓޫބަރު 2026

އީގަލް ހިލްސްގެ ފަރާތުން ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫއުގެ ފުރިހަމަ މައުލޫމާތު ދިވެހި ރައްޔިތުންނަށް ހިއްސާކުރޭ: ފައިސަލް އާއި އާޒިމް

ރަސްމާލޭގައި ހިންގާ މަޝްރޫއުގެ މައުލޫމާތު ސަރުކާރުން ސިއްރުކުރާތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި އިޖުތިމާޢީ ހަމަޖެހުމަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކޮށްފި. މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް އިޢާދަނުކުރެވޭ ފަދަ މާލީ އަދި އިޖުތިމާއީ ގެއްލުންތަކެއް ލިބިދާނެތީ، ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް މިކަން ކުރިއަށް ނުގެންދިއުމަށް ވަނީ ގޮވާލާފައި

28 އޮކްޓޫބަރު 2026

ބޭސްފަރުވާއަށް އުފުލާ ތަކުލީފުތައް ނިމުމަކަށް ގެނައުމަށް ނިޒާމް ހަރުދަނާކުރާނަން: ފައިސަލް

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓް ފައިސަލް ނަސީމް، ކޮޗިންގައި ދިރިއުޅޭ ބައެއް ދިވެހިންނާ ބައްދަލުކުރައްވާ، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ.

28 އޮކްޓޫބަރު 2026

ކޮޗިންގައި ތިބި ދިވެހީން ގާތު ފައިސަލް ވިދާޅުވީ ބޭސްފަރުވާގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންގެ ތަކުލީފުތަކަށް ހައްލު ހޯދަންދޭން އެމްޑީޕީގެ ވެރިކަމެއްގައި މަސައްކަތް ކުރައްވާނެ ކަމަށް

އިންޑިއާގެ ކޮޗިންގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، އާސަންދަ ލިބުމުގައި ހުރި ދަތިތަކާއި ޑޮލަރުގެ މައްސަލަތައް ފައިސަލް ނަސީމް އޮޅުންފިލުއްވައިފި. މި ބައްދަލުވުމުގައި ފައިސަލް ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި ބޭސްފަރުވާގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންގެ ތަކުލީފުތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް. އަދި ވެރިކަމަށް ކުރިމަތިލައްވަނީ ދޮގު ވައުދުތަކެއް ވުމުގެ ބަދަލުގައި، ރައްޔިތުންނަށް ހަގީގީ ނަތީޖާ ދެއްކުމަށް ކަމަށްވެސް އޭނާ ވިދާޅުވި