ޚަބަރު
ފުވައްމުލައް ސިޓީގެ މޭޔަރާއި ހަތް ކައުންސިލަރުންގެ ތާއީދު ފައިސަލް އަށް
މި ތާއީދު ހާމަކުރައްވާފައިވަނީ ފައިސަލްގެ ކެންޕޭން ޓީމުގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ރޭ ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ފުވައްމުލަކު މޭޔަރާއި އެ ކައުންސިލްގެ ހުރިހާ ކައުންސިލަރުން ފައިސަލްއާއި އާދަމް އާޒިމްގެ ކެންޑިޑެސީއަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވާ އެ ސިޓީގައި ކެމްޕޭން ހަރަކާތްތައް ވަރުގަދަކޮށް ކުރިއަށްދާއިރު، ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިސްވެރިންނާއި ކައުންސިލަރުންގެ ތާއީދު ލިބެމުންދިއުމަކީ މި ޕްރައިމަރީ ރޭހުގައި އެ ކެންޑިޑޭޓުންނަށް ލިބިގެންދާ ބޮޑު ކުރިއެރުމެއް ކަމަށް ސިޔާސީ ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.
ފުވައްމުލަކު ސިޓީ މޭޔރ އާއި އެކު އެ ސިޓީގެ ގިނަ ކައުންސިލަރުންތަކެއް ފައިސަލް އެންޑޯސް ކުރައްވައިފި.
ރަސްމާލެ މަޝްރޫއުގެ އިންވެސްޓްމަންޓާ ގުޅޭ މައުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް: ފައިސަލް
ރަސްމާލެ މަޝްރޫއުގެ އިންވެސްޓްމަންޓްތަކުގެ މައުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުމުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ކަންބޮޑުވުން ފާޅުކުރައްވައިފި. މިފަދަ އެއްބަސްވުންތަކުގެ ޝަރުތަތަކާއި ދިގުމުއްދަތުގެ ނަތީޖާ ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށާއި، ޤައުމުގެ ސިޔާދަތަށް އުނިކަން އަންނަ ފަދަ އެއްވެސް ކަމަކަށް ޖާގަދީގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި
ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެއްވެސް ކަމެއް އެމީހުންގެ މައްޗަށް މަޖުބޫރުކޮށްގެން ނުވާނެ: ފައިސަލް
ކިޔާލަން ހޭދަވާނީއެއް މިނިޓް
ރަސްމާލޭގެ އިންވެސްޓްމެންޓް ތަކުގައިދެފުށް ފެންނަ އުސޫލެއް ނެތުމުން ކަންބޮޑުވޭ
އެމަނިކުފާނު މިކަން ހާމަކުރައްވާ ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޭރުގެ އިންވެސްޓްމަންޓްތަކަށް އެމަނިކުފާނު ދެކޮޅު ނޫންކަމަށާ، އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީވެ، މިއަދު މިދެކޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދުމުގައި ބޭރުގެ އިންވެސްޓްމަންޓްތަކުން ނުހަނު ބޮޑު ހިއްސާއެއް ވެފައިވާކަމަށް ވެސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނުކުންނަވާ ހުންނެވި ފައިސަލް ނަސީމް ވިދާޅުވިއެވެ.
އިސްކަން ދޭންވީ ދަރަނިން އަރައިގަތުމަށް، ޚަރަދު ބޮޑުކުރާކަށް ނޫން: ފައިސަލް
ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، ޤައުމުގެ އިޤްތިޞާދީ ޙާލަތަށް ބެލުމެއް ނެތި އިތުރު ހޭދަތަކެއް ކުރުމަށް ނިންމައި ރިކަރަންޓް ޚަރަދު ބޮޑުވާނެ ބަދަލުތައް ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ނިންމުން ތަޅުމުން ފާސްނުކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.
އިޤްތިސާދީ ހާލަތަށް ބެލުމެއްނެތި ސިޔާސީ މަގާމުތަކުގެ މުސާރަ ބޮޑުކުރުން ބަލައެއް ނުގަނެވޭ: ފައިސަލް
އިޤްތިސާދީ ގޮތުން ގޮންޖެހުންތަކެއް ހުރި ދަނޑިވަޅެއްގައި ސިޔާސީ މަގާމުތަކުގެ މުސާރަ ބޮޑުކުރުމުގެ ބަދަލުގައި، ދަރަނިން އަރައިގަތުމަށާއި ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކުރުމަށް އިސްކަންދިނުމަށް ކުރީގެ ނައިބްރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި. އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާއިރު ސިޔާސީ އިސްވެރިންގެ މުސާރަ ބޮޑުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، ރައްޔިތުންގެ އިހްސާސްތަކަށް އިހްތިރާމްކޮށް އެ ނިންމުން ފާސްނުކުރުމަށް އެމަނިކުފާނު ވަނީ މަޖިލީހަށް އިލްތިމާސްކުރައްވާފައި
ވެރިންނަށް އެލަވަންސްތައް އިތުރުކޮށް މުސާރަ ބޮޑުކުރަން ނިންމި ނިންމުން މަޖިލީހުން ފާސްނުކުރަން ފައިސަލް ގޮވާލައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސަރުކާރުގެ މިނިސްޓަރުންނާއި، ކައުންސިލަރުންނަށް މުސާރަ ބޮޑުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކުރި ނިންމުންތައް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްނުކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.
އެމްޑީޕީ އަކީ ބުނެލުމަށްފަހު ނިންމާލާނެ ބައެއް ނޫން، ޕާޓީގެ ވެރިކަމުގައި ރައްޔިތުންނަށް ކަންތައް ކޮށްދޭ މަންޒަރު ފެންނާނެ: އާޒިމް
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ސިޓީ ކައުންސިލުން ރައްޔިތުންނަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް ތުހުމަތުކުރައްވާފަ. އެގޮތުން މާލޭގެ ބިންތައް ކައުންސިލްގެ ބެލުމުގެ ދަށުން ނެގުމާއި، ބުޅަލުގެ މައްސަލަ ހައްލުކުރުމަށް ހެދި ފެސިލިޓީ ސަރުކާރަށް ނެގުމަށްފަހު އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާކަމަށް ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، މާލެ ސަރަހައްދުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އެއްބާރުލުން ވެސް ނުދޭ ކަމަށް