ޚަބަރު

16 އޮކްޓޫބަރު 2026

މިސަރުކާރުގެ އެއްވެސް ވިޔަފާރި ސިޔާސަތެއް ނެތް، ސަރުކާރުން އުޅެނީ ހިތައް އެރިހާ އެއްޗެއް ވިއްކައިގެން ފައިސާ ހޯދަން: މޭޔަރު އާޒިމް

މި ސަރުކާރުގެ ވިޔަފާރި ސިޔާސަތެއް ނެތް ކަމަށާއި، އަމިއްލަ ފަރާތްތަކުން ކުރާ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ވަންނަމުންދާ ކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ. ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރައްވައި އާޒިމް ވިދާޅުވީ، ސަރުކާރުން އަލަށް ފެށި ޓެކްސީ ލައިނުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާ ކަމަށާއި، ރައީސް މުއިއްޒު މޭޔަރުކަމުގައި ޕާކިންގ ބިލްޑިންގތައް އެޅުމަށް ހަވާލުކޮށްފައިވަނީ އެކަމުގެ ގާބިލުކަން ނެތް ފަރާތްތަކާ ކަމަށް

16 އޮކްޓޫބަރު 2026

ޓެކްސީ ޑްރައިވަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ފައިސަލް އާއި އާޒިމް އަށް

ކިޔާލަން ހޭދަވާނީއެއް މިނިޓް

15 އޮކްޓޫބަރު 2026

ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމަކީ ބަލައިގަންނަ ކަމެއް ނޫން: ފައިސަލް

ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރައްވައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން އާންމުންގެ ވިޔަފާރިތަކުގެ ތެރެއަށް ވަނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެމްޑީޕީގެ ވެރިކަމެއްގައި އެންމެ އިސްކަމެއް ދޭނީ ޕާކިންގެ މައްސަލަ ހައްލުކުރުމަށް ކަމަށް ވިދާޅުވި. އަދި 2028 ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވުމަށްފަހު ޓެކްސީ ޑްރައިވަރުންނަށް ދިމާވާ ދަތިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި

15 އޮކްޓޫބަރު 2026

ރަސްމާލެ ހިއްކަންކުރި ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ ހަމައެކަނި ގާޑިޔާ ދަމާ ތަނަކަށް ތިލަމާލެ ބްރިޖު ނުވީސް: ފައިސަލް

ރަސްމާލެ ހިއްކަންކުރި ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، މިދިޔަ ސަރުކާރުން އަޅަން ފެށި ތިލަމާލެ ބްރިޖުގެ ވެސް ފައިދާ ކުރީސް ކަމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

14 އޮކްޓޫބަރު 2026

ތަކެތީގެ އަގު ހެޔޮކުރުމަށް އެމްޑީޕީގެ ސަރުކާރެއްގައި ވީހާވެސް އަވަހަށް މުދާ ބޭލޭނެ ގޮތުގެ އިންތިޒާމު ހަމަޖައްސައި ދޭނަން: ފައިސަލް

ޕޯޓުން މުދާ ކްލިއަރ ކުރުން ލަސްވުމުގެ ސަބަބުން ތަކެތީގެ އަގު އުފުލޭތީ، މަޖޫރީންނާއި ޑްރައިވަރުންގެ ކަންބޮޑުވުންތައް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަޑުއައްސަވައިފި. އެމްޑީޕީގެ ސަރުކާރެއްގައި ޕޯޓުގެ މަސައްކަތްތައް އަވަސްކޮށް، ޕާކިންގް މައްސަލަތައް ހައްލުކޮށްދީގެން ތަކެތީގެ އަގު ހެޔޮކުރުމަށް އިސްކަންދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި

14 އޮކްޓޫބަރު 2026

މަޖޫރީންގެ ކަންބޮޑުވުންތައް ފައިސަލް އާއި އާޒިމް އަށް ހިއްސާކޮށްފި

އެމްޕީއެލް ސަރަހައްދުގެ މަޖޫރީންގެ ހުރި ކަންބޮޑުވުންތައް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި މާލެ ސިޓީ މޭޔަރ އާދަމް އާޒިމް އަށް ހިއްސާކޮށްފިއެވެ.

13 އޮކްޓޫބަރު 2026

އެމްޑީޕީގެ ކުރިއަށް އޮތް ސަރުކާރެއް ވާނީ ބޯހިޔާވަހިކަމަށް ވަށާޖެހޭ ހައްލެއް ގެނަސްދޭނެ 5 އަހަރަށް: ފައިސަލް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި މާލެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބިނާކޮށް ހަރުދަނާ ސިޔާސަތުތަކެއް އެކުލަވައިލުމުގެ މުހިންމުކަން ފާހަގަކުރައްވާފަ. މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް އަންނަ އެމްޑީޕީ ސަރުކާރެއްގައި ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި.

13 އޮކްޓޫބަރު 2026

އެމްޑީޕީގެ ސަރުކާރެއްގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނެސްދޭނަން: ފައިސަލް

އެމްޑީޕީގެ ސަރުކާރެއްގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނެސްދެއްވާނެ ކަމުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

13 އޮކްޓޫބަރު 2026

ގުޅިގެން މަސައްކަތްކޮށްފިނަމަ މާލެއަކީ ވިލުންތެރި ސިޓީއަކަށް ހެދިދާނެ: މޭޔަރު އާޒިމް

އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، މާލެއަކީ ރައްކާތެރި ގެދޮރުތަކެއް ހިމެނޭ، ބަދަހި މުޖުތަމަޢެއް އޮތް އަދި ކާރިސާތަކަށް ވިލުންތެރި ސިޓީއަކަށް ހެދިދާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.