ޚަބަރު
އަޅުގަނޑުމެންގެ ވެރިކަމެއްގައި ބަހުގެ ޚިދުމަތަކީ ޖީބަށް ލުއި، ރައްޔިތުންނަށް އިތުބާރުކުރެވޭ ނިޒާމަކަށް ހަދައިދޭނަން: ފައިސަލް
އެމްޑީޕީގެ ވެރިކަމެއްގައި އެމްޓީސީސީން ދެމުން އަންނަ ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތުގެ ތެރެއިން ބަހުގެ ޚިދުމަތުގެ ނިޒާމު ހަރުދަނާކޮށް، ޖީބަށް ލުއިކޮށް، ރައްޔިތުންނަށް އިތުބާރާއެކު ދަތުރުކުރެވޭނެ ފަސޭހަ ގޮތަކަށް ބައްޓަން ކޮށްދެއްވާނެ ކަމުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ސަރުކާރެއްގައި ދަތުރުވެރިންނަށް ފަހި ގޮތްތަކެއް ހަމަޖައްސަން މަސައްކަތްކުރާނަން: ފައިސަލް
އެމްޑީޕީގެ ސަރުކާރެއްގައި ދަތޔުރުވެރިންނަށް ފަހި ގޮތްތަކެއް ހަމަޖައްސަން މަސައްކަތްކުރައްވާނެކަމުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ރަށްރަށުން މާލެއަށް އަންނަ ބޯޓުފަހަރަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ފުރުސަތު ނުދޭ: މޭޔަރު އާޒިމް
ރަށްރަށުން މާލެއަށް އަންނަ ބޯޓުފަހަރަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ފުރުސަތު ނުދޭކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ. ބަނދަރުގެ ބައެއް ސަރަހައްދުތައް ކައުންސިލްގެ ބެލުމުގެ ދަށުން ނެގުމުގެ ސަބަބުން ބޯޓުފަހަރަށް މުދާ އަރުވާ ބޭލުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި، މި މައްސަލަތައް ހައްލުކުރުމުގެ ނިޔަތް ސަރުކާރުގެ ނެތްކަމަށް އާޒިމް ތުހުމަތުކުރެއްވި
ރަށްރަށުން އަންނަ ބޯޓުތަކުން މުދާ ބޭލުވުމާއި އެރުވުމަށް ވަރަށް ގިނަ ދުވަސް އެބަ ނަގާ، މިކަމުގެ ސަބަބުން ރަށްރަށުގެ ތަކެތީގެ އަގު ދަނީ ބޮޑުވަމުން: ފައިސަލް
މާލެއިން މުދާ ބަރުކުރުމަށް ގިނަ ދުވަސްތަކެއް ހޭދަވާތީ، އަތޮޅުތަކުގެ ބޯޓުފަހަރަށް ކުރެވޭ ދަތުރުތައް މަދުވެ ތަކެތީގެ އަގު އުފުލެމުންދާ ކަމުގެ ކަންބޮޑުވުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ފާޅުކުރައްވައިފި. މި އިންތިޒާމުތައް ހަރުދަނާކޮށް، އެމްޑީޕީގެ ސަރުކާރެއްގައި މިކަމަށް ލުޔެއް ހޯއްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި
ފައިސަލް-އާޒިމް 2028 ކެމްޕެއިން ސަޅި؛ ރައްޔިތުންނާ ގާތަށް!
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙު އަނެއްކާވެސް ހަލަބޮލިވެ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފޯރި މިހާރު މިވަނީ ފެށިފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށްޓަކައި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އިސްވެ ހުންނަވައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއާއެކު ފައްޓަވާފައިވާ ވަރުގަދަ އަދި ތަފާތު ހަރަކާތްތަކެވެ. އެބޭފުޅުންގެ ކެމްޕެއިންގެ ފޯރި ރައްޔިތުންގެ މެދުގައި މިހާރު ދަނީ އިންތިހާއަށް އިތުރުވަމުންނެވެ.
ފައިސަލް އާއި އާޒިމް ރައްޔިތުންގެ ގާތަށް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ރައްޔިތުންގެ ހާލު ބެއްލުވުމުގެ ހަރަކާތްތަކެއް ފައްޓަވައިފިއެވެ.
ހުޅުމާލެ ބެލެހެއްޓުމުގައި އެޗްޑީސީ ވަނީ ވަރަށް ބޮޑަށް ފެއިލްވެފައި: މޭޔަރު އާޒިމް
ހުޅުމާލެ ބެލެހެއްޓުމުގައި އެޗްޑީސީ ވަނީ ވަރަށް ބޮޑަށް ފެއިލްވެފައި: މޭޔަރު އާޒިމް
ކާބޯތަކެތީގެ އަގުތައް މައްޗަށްދާ ދިއުމަށް ހައްލެއް ހޯދައިދޭނަން
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓް ފައިސަލް ނަސީމް އަދި ރަނިންމޭޓް އާދަމް އާޒިމް މިއަދު މާލޭ ލޯކަލް މާރުކޭޓަށް ޒިޔާރަތްކުރައްވައިފިއެވެ.
އެމްޑީޕީގެ ވެރިކަމެއް ވެގެން ދާނީ މިހާރު ގައުމަށް ދިމާވެފައި ހުރި ހުރިހާ މައްސަލަތަކަކަށް ހައްލު ގެނެވޭ ވެރިކަމަކަށް: ފައިސަލް
ތަކެތީގެ އަގު އުފުލުމާއި ގައުމަށް ދިމާވެފައިވާ މައްސަލަތަކަށް މި ސަރުކާރަށް ހައްލެއް ނުހޯދޭ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ސަރުކާރުން ކައުންސިލްގެ ބާރުތައް ހަނިކޮށް ބަޖެޓަށް ހުރަސްއަޅަމުންދާ ކަމަށާއި، ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ދެވޭނީ އެމްޑީޕީގެ ސަރުކާރެއްގައި ކަމަށް